އެތައް ގަޑިއިރެއްވަންދެން ނޭވާނުލައި ކަނޑުއަޑީގައި އުޅޭ ބައެއް!

“ސީ ޖިޕްސީ” ނުވަތަ “ސީ ނޯމަޑްސް” ގެ ނަމުން ނަން ދީފައިވާ ބަޖާއު އަކީ ދެކުނު އިރުމަތީ އޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ފެތުރިފައިވާ  ޤަބީލާއެކެއެވެ. މުއްސަނދި ސަގާފީ ތަރިކަތަށް މޫދާ ވަރަށް ބޮޑަށް ގުޅިފައިވާ އިރު، ބަޖާއު ގެ ރައްޔިތުން ވަނީ އެމީހުންގެ ތަފާތު ދިރިއުޅުމުގެ ވައްޓަފާޅިން ދިރާސާކުރާ ފަރާތްތަކުންވެސް ހައިރާން ކުރުވާފައެވެ. 

ބަޖާއު ސަގާފަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މޫދާ  އޮންނަ  އާދަޔާ  ޙިލާފު ބޮޑު ގުޅުމެވެ. ޒަމާނުއްސުރެ އެމީހުންނަކީ ހުނަރުވެރި ކަނޑުދަތުރުކުރާ ބައެކެވެ. “ލެޕާ-ލެޕާ” ގެ ނަމުން ނަންދީފައިވާ އެމީހުންގެ  ހާއްސަ، އަމިއްލަވަންތަ  ކަނޑު  ދަތުރުކުރާ އުޅަނދު  ބަނުމަށް އާދަޔާ ޚިލާފު ބޯޓު  ބަނުމުގެ  އުކުޅުތަކެއް ބޭނުންކުރެއެވެ. މި އުޅަނދުތައް ދަތުރުފަތުރު ކުރުމުގެ ވަސީލަތެއްގެ ގޮތުގައި  ބޭނުންކުރުމުގެ  އިތުރުން  ބޮޑެތި  މާސިންގާ  ކަނޑުތަކުން  ދަތުރުކުރާއިރު  އެމީހުންގެ  ގެދޮރު  ފަދައިންވެސް  ބޭނުން ކުރެވެއެވެ. 

މި ނަސްލުގެ މީހުންގެ ދިރިއުޅުން  ބަރޯސާވަނީ މަސްވެރިކަމާއި، ފީނުމާއި ކަނޑުގެ ވަސީލަތްތަކުގެ ވިޔަފާރިއަށެއެވެ. މީ ގެތެރެއިން މަސް، ބޯވަ އަދި މުތް ފަދަ ތަކެތި ނަގައި  އޭގެން ކުރާ ވިޔަފާރި  ފާހަގަ  ކޮއްލެވެއެވެ. ފީނުމުގައި  ބޭނުންކުރާ  ޒަމާނީ އެއްވެސް  އާލަތެއްގެ  އެހީއަކާނުލައި އެތައް ގަޑިއިރެއް ވަންދެން ކަނޑުގެއަޑިޔަށް  ފީނުމުގެ އާދަޔާ ހިލާފު ހުނަރުގެ ސަބަބުން ދުނިޔޭގެ އެންމެ މޮޅު “ފްރީޑައިވަރުން”ގެ ގޮތުގައިވެސް އެ މީހުން ވަނީ މަޝްހޫރުވެފަ އެވެ

ފަހަކަށް އައިސް ބަޖާއުގެ އާދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަ ގޮންޖެހުންތަކެއްވަނީ  ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ގިނައިން މަސްވެރިކަން ކުރުމާއި، ތިމާވެއްޓާބެހޭ، އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ތަކަށް  އަސަރުކުރާ ސަރުކާރުގެ ގަވާއިދުތައް ހިމެނެއެވެ. މުޖުތަމައުގެ  އެކި ހުރަސްތަކާއެކުވެސް  އެއްބަޔަކު  އެމީހުންގެ ކަނޑާ  ރައްޓެހި  ދިރިއުޅުމުގެ  ވައްޓަފާޅީގައި ހިފަހައްޓައިގެން  ތިބިއިރު، ބަޖާއުގެ ގިނަ މުޖުތަމައުތަކަކަށް  މިވަނީ ބޮޑަށް އެއްގަމުގައި ވަޒަންވެރި ދިރިއުޅުމަކަށް އަހުލުވެރިވާން ޖެހިފައެވެ.

ދިރާސާކުރާ މާހިރުންނާާއި ސަރުކާރު ގުޅިގެން އެމީހުންގެ އާދަކާދަތަކާއި ސަގާފީ ތަރިކަ ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތް  އަންނަނީ  ކުރަމުންނެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން  ކުރުމުގެ އާދަތަކަށް އެއްބާރުލުންދިނުމާއި، ޒަމާނީ އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް  އަހުލުވެރި  ކުރުވުން  ހިމެނެއެވެ.

ބަޖާއު ޤަބީލާއަކީ ޤުދުރަތީ ދުނިޔެއާއި، ޚާއްޞަކޮށް ކަނޑުގެ ވެއްޓާއި އިންސާނީ ގުޅުމުގެ ހެއްކެކެވެ. މި ޒަމާނުގެ ގޮންޖެހުންތަކާ އެކު، އެމީހުންގެ ހިތްވަރާއި، ވަސީލަތްތައް ފުރިހަމަކަމާއި، މޫދާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތައުރީފާއި ޝައުގުވެރިކަން ލިބެއެވެ.

 

ލިޔުން ހިއްސާކޮށްލުމަށް