އިންޑިޔާގެ މަޝްހޫރު ޗައިވާލާ ޑޮލީ ރާއްޖޭގައި!

އިންޑިޔާގެ ނާގްޕޫރް ކިޔާ އަވަށެއްގެ މަގުމަތީގައި ސައި (އިންޑިޔާ ނަމުން ނަމަ “ޗައި”) އާދަޔާ ޚިލާފު ތަފާތު އުކުޅުތައް ބޭނުންކޮށްގެން ކައްކައިގެން ވިއްކައި ބޮޑު ބޮޑުމަގުބޫލުކަމެއް ހޯދާފައިވާ ޑޯލީ ރާއްޖެ އަތުވެއްޖެއެވެ

ޑޯލީ އޭނަގެ އިންސްޓަގުރާމް ޕޭޖުގައި ހިއްސާ ކޮއްފައިވާ ވިޑިޔޯތަކުން ފެންނަނީ އޭނާ ރާއްޖޭގައި ހުރިތަނެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް އައިގޮތަށް ދެން ދިޔައީ އަޑާރަން ސެލެކްޓް ހުދުރަންފުށި ކިޔާ ރިސޯޓަކަށެއެވެ. މި ރިސޯޓުން އޭނާއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. ޑޯލީ ރާއްޖެ އައި ވަކި ސަބަބެއް އަދި ސާފެއްނުވެއެވެ.

ޑޯލީ އަކީ ވަރަށް އާދައިގެ ގޮތަކަށް މަގުމަތީގައި ސައި ކައްކާ އެ ވިއްކަމުން އަންނަ މީހެކެއެވެ. ނަމަވެސް ޑޯލީގެ މި މަސައްކަތުގައި ހުންނަ ތަފާތު ގޮތްގަނޑެއް ނުވަތަ ‘ސްޓައިލެއްގެ’ ސަބަބުން ޑޯލީ ނުދަންނަ މީހަކު މިހާރު މަދުވާނެއެވެ. މީސް މީޑިޔާއިން ޑޯލީގެ ވީޑިއޯތައްކަށް އަބަދުވެސް ވަރަށްބޮޑު މަގުބޫލުކަމެއް ލިބެއެވެ. މިފަހުން އެންމެ ފާހަގަ ކޮއްލެވޭކަމަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު އެތައް އަހަރެއް ވަންދެން އޮތް ބިލް ގޭޓްސް ވެސް ވަނީ ޑޯލީގެ މި ސައި ކައްކާތަނަށް އައިސް ސައި ބޯ ވީޑިއޯ އެއް އާންމުކޮށްފައެވެ.

އިންޑިޔާގެ މަގުމަތިން އަބަދުވެސް މިކަހަލަ ތަފާތު ގޮތްގޮތަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މީހުންގެ ވީޑިއޯތަކަށް މުޅިދުނިޔޭގެ މަގުބޫލުކަން ވަރަށް ގިނައިން ލިބެއެވެ.

 

ލިޔުން ހިއްސާކޮށްލުމަށް