20 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވި މެންބަރުން ހުވާކޮށް، މަޖިލިހުގެ މަސައްކަތްތައް މިއަދު ފަށައިފިއެވެ.
93 މެންބަރުން ހިމެނޭ މި މަޖިލީހުގައި, ޕީއެންދީގެ 75 މެންބަރުން ތިއްބަވާނެއެވެ. ޖުމްހޫރީ ޕާޓީ, އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު, މުޅި ޖުމްލަ ސަރުކާއަށް ތާއީދުކުރާ މެންބަރުންގެ އަދަދު 79 އަކަށް އަރާފައި ވާއިރު, އިދިކޮޅު އެމްޑިޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ.
މިދިޔަ ހަފްތާގައި ބޭއްވި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫއްޕުގެ ބައްދަލުވުމުގައި އާ މަޖިލިހުގެ ރައީސްގެ މަގާމަށް ރައީސް މުހަންމަދު މުއިއްޒު ވަނީ އަބްދުއްރަހީމްގެ ނަން ހުށަހަޅުއެްވާފައެވެ. އަދި ނައިބު ރަޢީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަން ހުށައަޅަން ވަނީ ނިންމައިފައެވެ.