ތުރުކީގައި އުފައްދާ ކާޑު މިދިޔަ އޭޕްރީލު މަހުން ފެށިގެން ރާއްޖެ ގެނެސް ދައުރު ކުރަމުންދާ ކަމަށް އެސްޓީއޯއިން ހާމަކޮށްފޮއެވެ.
ކާޑުގެ ބާވަތްތަކަށް ވަކި ގައުމަކަށް ބަރޯސާވުން ނައްތާލުމަށް، ޑރ މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތުރުކީ ވިލާތުން ކާޑުގެ ބާވަތްތައް ގެނައުމަށް ދިވެހި ސަރުކާރުންވަނީ އެ ގައުމާއެކު އެއްބަސްވުމެއް ހަދާފައެވެ.
ސަރުކާރުން މި މަޢުލޫމާތު ހާމަކޮށްފައި މިވަނީ އިދިކޮޅު ބައެއް ފަރާތްތަކުން ތުރީވިލާތުން ކާޑު ރާއްޖެ ގެނެއްސިތޯ ސުވާލު އުފައްދައި ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
ދިވެހިރާއްޖެއިން މީގެ ކުރިން ކާޑުގެ ބާވާތްތައް ގެނައުމަށް މުޅިންހެން ބަރޯސާވެފައި އޮންނަނީ އިންޑިޔާއަށެއެވެ.