ރައީސް ޑރ މުޢިއްޒު މޯދީއާއި ބައްދަލުކުރައްވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުޢިއްޒު، އިންޑިޔާގެ ބޮޑުވަޒީރު ނަރޭންދުރަ ދާމޯދަރުދާސް މޯދީއާއި ބައްދަލުކޮއްފިއެވެ.

މި ދަތުރުފުޅަކީ މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ހުވާކުރުމުގެ ރަސްމިއްޔާތަށް، ބޮޑުވަޒީރު މޯދީގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެއެވެ. ރައީސް ޑރ މުޢިއްޒު ވެރިކަމާ ހަވާލުވިފަހުން މިއީ އިންޑިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެއެވެ.

ރައީސް ޑރ މުޢިއްޒު ވެރިކަމާ ހަވާލުވެ، ދިވެހިރާއްޖޭގައި ގާއިމުވެތިބި އިންޑިޔާ ސިފައިން ފޮނުވާލުމުގެ ސަބަބުން އިންޑިޔާ އަދި ދިވެހިރާއްޖެއާއި ދެމެދު ޒަމާނުންސުރެ އޮތް ގާތް ގުޅުމަށް ބުރޫ އަރާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެއެވެ. ނަމަވެސް އެއާ ޚިލާފަށް މި ދަތުރުފުގައި އިންޑިޔާގެ ފަރާތުން ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެއެވެ. ދުރާލާ ތައްޔާރުވެ، ހޫނު މަރުހަބާއެއް ރައީސް ޑރ މުޢިއްޒުއަށް އެމީހުންވަނީ ކިޔާފައެވެ.

ލިޔުން ހިއްސާކޮށްލުމަށް