ބައްސާމު ސަސްޕެންޑު ކޮށްފި!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަދި އޭއެފްސީގެ އެގްޒެކެޓިވް މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ބައްސާމް އަދީލް ޖަލީލު، ފީފާއިން 9 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުރަމުން އަންނަ ތަހުގީގުގެ މައްޗައް ރިއާޔަތްކޮށް، ފީފާއިން ވަނީ ބައްސާމަށް ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ނޫޅެވޭނެގޮތަށް ސަސްޕެންޝަން އިއްވާފައެވެ. ބައްސާމަށް ތުހުމަތު ކުރާ މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަން، މަނީ ލޯންޑަރިން އަދި ރާއްޖެއަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ މައްސަލަތައް ހިނެނެއެވެ.

މި ތަހުގީގުގައި މިދިޔަ އަހަރު އޮކްޓޫބަރުމަހު އެފްއޭއެމްގެ އޮޕީސް ބަލައި ފާސްކޮށް، މައްސަލައިގެ ގިނަ އަދަދެއްގެ ހެކި ހޯދާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފަވެއެވެ.

އެފްއޭއެމް ރައީސްކަމުގެ ދެވަނަ ދައުރުގެ، ފަހު ދުވަސްތައް ގުނަމުންދާ ބައްސާމުގެ ސަސްޕެންޝަނުގެ ދުވަސް ގުނަން ފަށާފައި ވާނެކަން ފީފާއިން މިހާރު ވަނީ އޭނާއަށް އަންގާފައެވެ.

ލިޔުން ހިއްސާކޮށްލުމަށް