ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސްގެ ޗެމްޕިޔަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ކްލަބް ވެމްކޯއިން ކާމިޔާބުކޮށްފިއެވެ.
ކްލަބް ވެމްކޯއިން މިރޭ ތަށި އުފުލާލީ މިދިޔަ އަހަރުވެސް އެޓީމުން ފައިނަލުގައި ވާދަކުރި ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާއި ބައްދަލުކޮށް 1-4 ގެ ނަތީޖާއަކުންނެއެވެ.
ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު މި ފައިނަލަކީ ޗެމްޕިއަން ވެމްކޯއިން ކުޅުނު މި މުބާރާތުގެ ތިންވަނަ ފައިނަލުކަން ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާރުއާރުސީ އިން ލީޑު ނެގިނަމަވެސް، ހާފު ނިމުމުގެ ކުރިން ވެމްކޯއިން ވަނީ ލަނޑެއްޖަހައި 1-1 ކުން އެއްވަރު ކޮށްފައެވެ. ފަހު ހާފުގައި، ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗު، ވެމްކޯއިން ކާމިޔާބު ކުރީ އިތުރު ތިން ގޯލު ޖަހައިގެނެއެވެ.