ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ދިވެހިރާއްޖެ މިހާތަނަށް ދުއް އެންމެ މޮޅު މިޑިފީލްޑަރު މުޙަންމަދު އާރިޕް (ބަކާ) މިއަދު ނިޔާވެއްޖެއެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއައި ބަކާ މިއަދު ނިޔާވީ ކުއްލި ގޮތަކަށް ބަލިހާލު ބޮޑުވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 17:49 ގައެވެ.
އާރިފް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔައީ ސައުދީގެ ރަސްގެފާނު ކޮންމެ އަހަރަކުވެސް ދެއްވާ ހާއްސަ ހުއްދަތަކުގެ ތެރެއިން ހުއްދައެއްގައެވެ.
ގިނަ ބަޔަކު ސިފަކުރާ ކުރަނީ ބަކާއަކީ ދީނީ ކަންކަމަށް ލޯބިކުރާ ފަރުޟު ފަސްނަމާދަށް ފަރުވާތެރި މީހެއްގެ ގޮތުގައެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޝޭހު އަދި ބަކާއާއި ދެމެދު އެންމެ ފަހުން ދެކެވުނު ވާހަކަ ހިއްސާކޮއްލިއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ސައުދީގައި ހުރެ ބަކާ ޝޭހުގެ ފަރާތުން އެދިލެއްވީ ކިޔާލާނެ ރަނގަޅު ދުޢާކޮޅެއް ބުނެދެއްވުމަށެއެވެ. ޝޭޙް ވަނީ އެ ޗެޓުލޮގުގެ ސްކްރީން ޝޮޓެއް ވެސް ހިއްސާކޮށްފައެވެ.
މީގެއިތުރުން ޝެއިޙް އަބްދުއްސަލާމް ދާވޫދު ވިދާޅުވި ގޮތުގައި ބަކާއަކީ ގޭދޮށު މިސްކިތުން ދަރިފުޅުވެސް ގޮވައިގެން ނަމާދަށް އައިސް އުޅޭތީ ފެންނަ ހިތްހެޔޮ ސާދާ މޫނެއްގެ ވެރި ޒުވާނެއް ކަމަށެއެވެ. އަދި ބަކާ މިދުނިޔެއާ ވަކިވެގެން އެދިޔައީ އަޅުގަނޑުމެން ދުނިޔޭގައި ތިބި މީހުންނަށް އިބުރަތްތެރި ފިލާވަޅެއް ދީފައެވެ.
ރައީސް ޑރ. މުޢިއްޒުވެސް ވަނީ ބަކާ ނިޔާވުމަކީ މުޅި ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ލިބުނު ފުން ހިތާމައެއްކަމަށް ވިދާޅުވެ ޝުޢޫރު ފާޅުކުރަށްވާފައެވެ.
މާތް الله ބަކާގެ ޙައްޖަކީ މަބްރޫރު ޙައްޖެއް ކަމުގައި ލައްވައި ސުވަރުގޭގެ އެންމެ މަތީ ޝަރަފު ދެއްވާށި.