އަންނަ އަހަރުން ފެށިގެން ގައުމީ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިންޝުއަރެންސް ދެނީ!

ގައުމީ ފެންވަރުގެ ކުޅުންތެރިނާއި އޮފިޝަލުންނަށް އަންނަ އަހަރުންފެށިގެން އިންޝުއަރެންސް ދޭން ސަރުކާރުން ނިންމައިފިއެވެ.

ދިވެހި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރަމުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުޅިވަރާއި ބޭހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވި ގޮތުގައި މިކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.

ފުރަތަމަ ބުރުގައި އިންޝުއަރެންސް ދިނުމަށް ނިންމާފައިވަނީ ހަމައެކަނި ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އިފިޝަލުންނަށް ކަމުގައިވީނަމަވެސް، ކުރިޔަށް އޮތްތަނުގައި ކުޅިވަރުގެ އިތުރު ފަރާތްތަކަށްވެސް އިންޝުއަރެންސް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބޮޑު އަހަންމިއްޔަތު ކަމެއްދީގެން، އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން މީގެ ކުރިންވެސް ސަރުކާރުން ވަނީ ފާހަގަ ކޮށްފައެވެ.

ސަރުކާރުގެ މި މުހިންމު ނިންމުމަކީ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުޅިވަރުގެ ރޮނގުން އިތުރަށް ކުރިޔަށް ދިއުމަށް ލިބޭ ބޮޑު ހިއްވަރެއްކަމަށް ފާހަގަ ކޮށްލެވެއެވެ.

ލިޔުން ހިއްސާކޮށްލުމަށް