ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރު 21 އަހަރަށް ބަދަލު ކުރަން ރައީސް ނިންމަވައިފި!

ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރި މުޢާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރު ކަމުގައި އޮތް އޮތުން ބަދަލުކޮށް، އެންމެ ހަގު އުމުރަކީ 21 ކަމަށް ކަނޑައެޅުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

އެގޮތުން، ރައީސްގެ މި ނިންމެވުމަށް ޢަމަލުކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް، އޮކްޓޫބަރު 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ނިންމަވާފައިވާކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، މި ޤާނޫނާއި ޚިލާފުވާ ފަރާތްތަކާއި ދެކޮޅަށް އަޅާ ފިޔަވަޅުތަށް މިހާރަށްވުރެ ހަރުކަށި ކުރުމަށްވެސް ޤާނޫނަށް ގެނެވޭ މި އިސްލާހުގައި ހިމަނާނެކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ވޭޕްކުރަން ބޭނުންކުރާ އާލާތްތަށް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުން ކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަކީ ރައީސްގެ މި ނިންމެވުމުގެ މައިގަނޑު މަޤްސަދު ކަމުގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ލިޔުން ހިއްސާކޮށްލުމަށް