އާރުޑީސީ ގެ ހިޔާނާތުގެ މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް ކުރީގެ އެކޮނޮމިކް މިނިސްޓަރަށް ޗިޓު ފޮވައިފި!

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން ލިމިޓެޑް (އާރުޑީސީ) އަަށް ލިބޭފައިސާ އެކުންފުނީގެ ވެރިންނާއި އާރުޑީސީ  އާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނި ތަކަށް  ދޫކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބަލެވޭ  މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ފުލުހަށް  ހާޒިރުވުމަށް ކުރީގެ އެކޮނޮމިކް މިނިސްޓަރ އަދި  އެމްޑީޕީ ގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލްއަށް މިއަދު ޗިޓު ފޮނުވައިފިއެވެ.

ފައްޔާޟް މިއަދުކުރެއްވި އެކްސްއެއްގައި ފުލުހުން  ފޮނުވި އެ ޗިޓް ވަނީ އާންމު ކުރައްވާފައެވެ. ފައްޔާޟް ވަނީ އަސާސެއްނެތް ސިޔާސީ ތުހުމަތުަށް ފެށުނީ  ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މި މައްސަލައަކީ އެއްވެސް ހަޤީގަތެއްނެތް މައްސަލައެއްކަމާއި މި މައްސަލައިގައި އޭނާއަށް ތުހުމަތެއް ކުރެވޭނެ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށް އޭނާ ބުނެފައިވެއެވެ. މި މައްސަލައަކީ ސިޔާސީ މައްސަލައެއް ކަމަށްވިޔަސް، ފުލުހަށް ފުރިހަމައަށް  އެއްބާރުލުން ދޭނެކަމަށް ފައްޔާޟް ވިދާޅުވިއެވެ.

ފައްޔާޟްއަށް ތުހުމަތު ކުރަނީ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އާރުޑީސީން ކޮށްފައިވާ މުޢާމަލާތްތަކުގެ ތެރެއިން މާލީ މަންފާ އޭނާއަށް ލިބިފައިވާ ކަމަށް ޝައްކުކުރެވޭތީއެވެ. އެހެންކަމުން 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 15:00 ގައި ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް  ހާޒިރުވުމަށް އޭނާއަށް ވަނީ  އަންގާފައެވެ.

 

ލިޔުން ހިއްސާކޮށްލުމަށް